އެސްއެމްއީ ބޭންކުގެ ޙިދުމަތް މާދަމާ އިފްތިތާޙްކޮށް ލޯނު ދޫކުރުމަށް ތައްޔާރުވެއްޖެއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ޙިދުމަތްތައް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ، މާދަމާ ނޭޝަނަލް އަރޓު ގެލެރީގައި ބާއްވާ ހާއްޞަ ހަފްލާއެއްގައެވެ.
މި ހަފްލާގައި ބޭންކުގެ ހިދުމަތްތައް އިފްތިތާހު ކޮއްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިވެ، މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް %5 ގެ ހިއްސާ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް