އާސަހަރާގެ ޖާގަ އިތުރު ކުރަން ވެލި އެޅުމަށް، އިރުމަތީ ފަރާތު މަހާނަގާތަށް ނަގަން އަންގައިފި

މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ ސަހަރާކަމުގައިވާ އާ ސަހަރާގެ ޖާގަ އިތުރުކުރުމަށްޓަކައި އެ ސަހަރާގެ އިރުމަތީ ފަރާތު މަހާނަ ގާތައް ނަގަން، މައްޔިތުންގެ އާއިލާތަކަށް އަންގަ...

17 Mar 2019 | 03:47

މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ ސަހަރާކަމުގައިވާ އާ ސަހަރާގެ ޖާގަ އިތުރުކުރުމަށްޓަކައި އެ ސަހަރާގެ އިރުމަތީ ފަރާތު މަހާނަ ގާތައް ނަގަން، މައްޔިތުންގެ އާއިލާތަކަށް އަންގައިފިއެވެ.

މިކަމާއިގުޅޭގޮތުން މާލޭ ސިޓީކައުންސިލުން އިއްޔެ ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ އާސަހަރާގަ ޖާގަ ނެތުމާއިއެކު ޖާގަ ހެދުމަށްޓަކައި، ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އާސަހަރާގެ އިރުމަތީ ފަރާތުގެ މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގައުތައް، މައްޔިތުންގެ އާއިލާގެ ފަރާތުން 31 މާރިޗް 2019 ގެ ނިޔަލަށް ނަންގަވައި ދެއްވުމަށް ދަންނަވާކަމަށެވެ.

އެ ދެންނެވުމުގައި އިތުރަށް ބުނެފައިވަނީ އެމުއްދަތުގެ ފަހުން ނުނަގާ ހުރި ގައުތައް، އެތަނުން ނަގާ އެތަނަށް ވެލި އެޅޭނެ ވާހަކަވެސް ދަންނަވާކަމަށާއި މިގޮތުން ނަގަންޖެހޭ މަހާނަ ގައުތައް ނެގުމުގައި، އެގައުތަކަށް ލިބިދާނެ ގެއްލުމަކަށް، އެ ކައުންސިލުން ޒިންމާ ނުވެވޭނެ ވާހަކަވެސް ދަންނަވާކަމަށެވެ.

[contentcards url="http://www.gazette.gov.mv/iulaan/view/98489"]

މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލާނެ ޖާގައިގެ ދަތިކަމަކީ މި ފަހަކަށް އައިސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް މިދިޔަ ސަރުކާރުން، މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލުކުރިއެވެ. ނަމަވެސް ފަހުން އެކަން އަނބުރާ ކުރިން އޮތްގޮތަށް ބަދަލުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް