ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު 13 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިރޭ އަމުރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ކޮށްފައިވަނީ މަހްލޫފް މިރޭ އެ ކޯޓަށް ހާޒިރު ކުރުމުންނެވެ.
މަހްލޫފް 13 ދުވަހު ބަންދުކުރަން އަމުރު ކުރި ނަމަވެސް އޭނާ ބަންދުކުރަން އަމުރުކުރީ ކޮން މައްސަލައެއްގައި ކަން ސާފެއް ނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ބަންދާއިމެދު މިހާރު އަންނަނީ ގޮތެއް ނިންމަމުންނެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދުގެ އަންހެނު ފާތިމަތު ނާސިރާގެ ބަންދާއިމެދުވެސް ކްރިމިނަލް ކޯޓުން މިރޭ ގޮތެއް ނިންމާފައި ވެ އެވެ.
ކްރިމިނަލް ކޯޓުން ނާސިރާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ. ނާސިރާ ހުރީ ގޭބަންދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް