އަލީ ހަމީދުގެ އަނބިކަނބަލުންގެ ބަންދަށް 15 ދުވަސް

ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނވަލުން ފާތިމަތު ނާސިރާގެ ބަންދަށް ކްރިމިނަކް ކޯޓުން 15 ދުވަސް ޖަހައިފި އެވެ. އޭނާގެ ބަންދަށް 15 ދުވ...

17 Mar 2018 | 16:15

ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނވަލުން ފާތިމަތު ނާސިރާގެ ބަންދަށް ކްރިމިނަކް ކޯޓުން 15 ދުވަސް ޖަހައިފި އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އޭނާ މިހާރު ހުންނެވީ ގޭ ބަންދުގައި އެވެ.

ފާތިމަތު ނާސިރާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ. ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުންނެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް