އައްޑޫ ސިޓީގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި އެވެ.
އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި ކާރު ފުރޮޅާލާފައިވަނީ 2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) އާއި ދިމާލުންނެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އީސީސީ އާއި ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ފުރޮޅާލީ ގޯޅި އަޅަން އުޅެނިކޮށް ކަމަށެވެ. އަދި އެވަގުތު ކާރުގައި ހުރީ ޑްރައިވަރު އެކަނިކަމަށް މައުލޫމާތު ދިން މީހާ ބުނި ކަމަށެވެ.
އައްޑޫލައިވްގައި އިތުރަށް ރިޕޯޓް ކޮށްފައިވާގޮތުގައި މި ހާދިސާގައި ޑްރައިވަރަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް