ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް، ހެކި ނައްތާލުމުގެ ދައުވާ އުފުލައިފި އެވެ.
މިކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައި ވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން ބޭފުޅުންގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
ދައުވާ ކުރުމަށް ހުށަހަޅާފައިވާއިރު މި ތިން ބޭފުޅުންވެސް ހައްޔަރު ކޮށްފައިވަނީ ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި އިތުރު ބައެއް ތުހުމަތު ތަކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް