އެމްޕީ މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ

ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެ...

17 Mar 2018 | 13:51

ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިއީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މަހްލޫފް ހައްޔަރު ކުރި ފަހުން ކޯޓަށް ހާޒިރު ކުރެވޭ ފުރަތަމަ ފަހަރެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރަން ނުޖެހޭއިރު މިރޭ މަހްލޫފް ހާޒިރުކުރަނީ ކީއްވެކަން އަދި ނޭނގެ އެވެ.

https://twitter.com/Nazunaseem/status/974986530153414656

ގާނޫނީ ވަކީލާ ހަވާލާދީ މަހްލޫފްގެ އަނބިކަނބަލުން ބުނެފައިވަނީ މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ މިރޭ 08:00ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް