ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އާއި އާޒިމްގެ ބައްޕަ ނިޔާވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއް ރަޝީދު ނިިޔާވެއްޖެ އެވެ. ނިޔާވީ މާބޮޑަށް ބަލިވެގެން ސްރީލަންކާއަށްް ގެންދަން އެއާޕޯޓަ...

17 Feb 2020 | 10:28

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއް ރަޝީދު ނިިޔާވެއްޖެ އެވެ.

ނިޔާވީ މާބޮޑަށް ބަލިވެގެން ސްރީލަންކާއަށްް ގެންދަން އެއާޕޯޓަށް ގެންދިޔަ ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ. އެންމެ ފަހުން ރަޝީދު އާންމުންގެ ތެރެއިން ފެނިފައިވަނީ އާއިލާގެ ފަރާތުން ހުޅުމާލޭގައި އަޅާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުންނެވެ. އެއީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ ދުވަހުވެސް އެ ރަސްމިއްޔާތަށް ވަޑައިގެންނެވީ އޮކްސިޖަން ފުޅި އާއި އެކު އެވެ. އެ ރަސްމިއްޔާތުގައި ކާނަލް ނާޒިމް ވިދާޅުވީ މިސްކިތެއް ބިނާކުރެއްވުމަކީ އޭނާގެ ބައްޕަގެ އެންމެ ބޮޑު ހުވަފެން ކަމަށެވެ.

އަބްދުއް ރަޝީދު އާންމުންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ ޒުވާން ދުވަސް ވަރު އުފެއްދި ރަޝީދު ކާޕެންޓްރީ ކަމަށްވާ ވަޑާންގޭގެ މަސައްކަތުންނެވެ. ފަހުން އެ މަސައްކަތް ފުޅާކޮށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ނަމުގައި ކުންފުންޏެއް އުފެއްދެވި އެވެ.

ރަޝީދުގެ ބޭބެއާއި އެކު އުފެއްދި މި ކުންފުނިން ވަނީ ރާއްޖޭގެ މަޝްހޫރު ބޮޑެތި އިމާރާތް ކުރުމުގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް