ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު މޫދުގަ މަރުވެފަ އޮއްވަ ފެނިއްޖެ

ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މެންދުރު1:30 ހާއިރު ކަމަށެވެ. އެއީ އުމުރުނ83 ...

17 Feb 2020 | 10:08

ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މެންދުރު1:30 ހާއިރު ކަމަށެވެ. އެއީ އުމުރުނ83 އަހަރުގެ ފިރިހެނެކެވެ.

އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދަން ފެށީ މެންދުރު ނަމާދަށް ދިޔަ ގޮތަށް އެނބުރި ގެއަށް ނުގޮސްގެން ކަމަށެވެ.

ފުލުހުން ބުނީ އެމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް