ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފު އިސްތިއުފާ ދެއްވައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ25 އަހަރު ދުވަހު އެ ބޭންކަށް ހިދުމަތް ކުރެއްވ...

17 Feb 2020 | 09:41

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވީ25 އަހަރު ދުވަހު އެ ބޭންކަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

ބީއެމްއެލްއިން ބުނީ ޝަރީފު އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. އަދި އޭނާ އަކީ ބޭންކުގައި ހޭދަކުރި25 އަހަރު ތެރޭގައި ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ޝަރީފު ބީއެމްއެލްގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ހެޑް އޮފް ކާޑު ސެންޓަރު، ޑިރެކްޓާ އޮފް ރީޓެއިލް ބޭންކިން އަދި އޮޕަރޭޝަންސްގެ ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.

ޝަރީފު އިސްތިއުފާ ދެއްވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި އޭނާ ވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކޮށް ހެކިބަސް ދީފަ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޝަރީފް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މި ކޮމިޓީގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް