ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލީ ގަސްދުގައި ނޫން ކަމަށް އެކަން ކުރި މީހާ ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ވަޑައިގެން އުޅުއްވަނިކޮށެވެ. ފެން އެތި އޮއްސާލި އިރު ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ.
މިއަދު ފުލުހުން ބުނީ މިހާދިސާ ފުލުހުން ތަހުގީގު ކުރި ކަމަށާއި އެކަން ކުރި މީހާއާ ފުލުހުން ސުވާލު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ދިން މައުލޫމާތުތަކުން އެނގުނު ގޮތުގައި އެމީހާ ރައީސްގެ ކާރުކޮޅަށް ފެންއެއްޗެސް އޮއްސާލީ ގަސްދުގައި ނޫންކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ އެގޭ ޓެރަސްގައި ހުރި ގަސްތަކަކަށް އެޅި ފެން އެއްޗެއް ކާރުކޮޅު މައްޗަށް އެޅުނީ ކަމަށް އެމީހާ ބުނި ކަމަށެވެ.
މި މައްސަލައިގަ އެމީހާ އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް