އައްޑޫ އެއާޕޯޓު ކުންފުނީގެ އެސްޓީއޯގެ ހިއްސާ ދޫކޮށްލަނީ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގަ  އޮންނަ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން ނިންމައިފި އެވެ. އެ ކުންފުނީގައި އެސްޓީއޯގެ10 ޕަސެންޓު ހިއްސާ އޮވެ އެވ...

17 Feb 2020 | 07:20

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގަ  އޮންނަ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން ނިންމައިފި އެވެ.

އެ ކުންފުނީގައި އެސްޓީއޯގެ10 ޕަސެންޓު ހިއްސާ އޮވެ އެވެ.

އެސްޓިއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހިއްސާ ބަދަލު ކުރުމަށް ނިންމާފައިވަނީ އޭއައިއޭގެ މައި ކުންފުނި ސަރުކާރަށް ކަމަށެވެ. އެ ކުންފުނީގައި ސަރުކާރުގެ ހިއްސާ އަކީ50 ޕަސެންޓެވެ.

އެސްޓިއޯއިން ބުނީ އެސްޓީއޯގެ ހިއްސާ ސަރުކާރުގެ ނަމަށް ބަދަލުކުރަނީ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށެވެ. އެ ކުންފުނިން ބުނީ އޭއައިއޭގައި އޮތީ މޫނުމަތީ އަގުގެ 1,000.00 ރުފިޔާގެ 40,000.00 އާންމު ހިއްސާ ކަމަށެވެ.

އޭއައިއޭގަ ސަރުކާރާއި އެސްޓީއޯގެ ހިއްސާގެ އިތުރުން ދެން އޮންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ10 ޕަސެންޓު ހިއްސާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުނި ކާސާ ހޯލްޑިންގެ30 ޕަސެންޓު ހިއްސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް