ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ފައިސަލް

ސުޕްރީމް ކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމަށް ފައިސަލް އާދަމް އައްޔަން ކޮށްފި އެވެ. މިހާތަނަށް ފައިސަލް ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށެވެ. ސުޕްރީ...

17 Feb 2020 | 07:07

ސުޕްރީމް ކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމަށް ފައިސަލް އާދަމް އައްޔަން ކޮށްފި އެވެ.

މިހާތަނަށް ފައިސަލް ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށްވެސް މިދިޔަ މަހު ވަނީ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކުރީ އެ ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު އެވެ.

އޭނާ ވަނީ އޭޕްރީލް 8، 2013 އިން ފެށިގެން މެއި 7، 2014 އާ ހަމައަށް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް