ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަމަހަށް އިތުރު ކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަދަލު ގެންނަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
މި އިސްލާހު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި އެކު އާންމުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވެ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވި އެވެ. މިއާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެއީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ބިލެއް ކަމަށާއި އެ ބިލުގައި ހުރި އާންމުން ކަނބޮޑުވާ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ބިލަށް ހުށަހެޅި އިސްލާހު ތަކަކީ އޭނާގެ ބެއްލެވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާ ތައްޔާރުކޮށްފައިވާ އިސްލާހު ތަކެއް ކަމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ ބިލުގައި އެވަނީ ސަރުކާރުން ގަބޫލު ކުރާ ގޮތް ކަމަށާއި މިއީ ޑިމޮކްރަޓިކް ގައުމެއްކަމުން ތަފާތު ހިޔާލު އަންނާނެތީ އެކަމަށް ތައްޔާރުވެ ތިބި ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ އިސްލާހުތަކާ މެދު ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އިސްލާހުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ.
https://twitter.com/faya_i/status/1229027956690784257
މިނިސްޓަރު ފައްޔާޒު ވަނީ ޓުވީޓާގައި ގިނަ ބަޔަކު މިމައްސަލައިގަ ފާޅު ކުރި ހިޔާލުތަކާއި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.
ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. އެކަމަކު މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި އެ މުއްދަތު ހަމަހަށް ވަނީ އިތުރު ކޮށްފަ އެވެ.
މީގެ އިތުރުން ސަލާމް ބުނުމުގެ އުސޫލަށްވެސް އުނދަގޫ ބަދަލުތަކެއް ވަނީ ގެންނަން ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް