މިއީ ރޭވިގެން ހިންގާ ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް: މިނިސްޓަރު އަލީ

ލީކުވެފައިވާ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަލީ މިހެން ވިދާ...

17 Feb 2020 | 03:35

ލީކުވެފައިވާ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަން ތަކުރާރުކޮށް ބުނެފައިވެއެވެ.

"އެކި އަޑު އެކިގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް" މިނިސްޓަރު އަލީ ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ. އޭނާގެ މައްޗަށްވެސް ތަހުގީގު ހިންގުމަށް ވިދާޅުވެފައިވެއެވެ. ހަގީގަތް ފެންނާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އަދި އިތުރު ބަޔަކުވެސް ހިމެނޭހެން ދެކެވިފައިވާ ވާހަކަތަކެއް ކަމަށްބުނެ މިހާތަނަށް ފަސް އޯޑިއޯއެއް ލީކު ކޮށްލާފައިވެއެވެ.

އެއް އޯޑިއޯގައި ހެލްތު މިނިސްޓަރު އަމީންއަށް ބަވާފައިވާއިރު ދެވަނަ އޯޑިއޯގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ބަވާފައިވެއެވެ. ތިންވަނަ އޯޑިއޯގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ބޭ އަދަބީ ވާހަކަތަކެއް ދައްކާފައިވާއިރު ހަތަރުވަނަ އޯޑިއޯގައި ދައްކަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަޓެއް ނަގާ ވާހަކައެވެ. ފަސްވަނަ އޯޑިއޯގައި ފާހިޝް އެތައް އަމަލެއް ހިންގުމުގެ ވާހަކަ ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް