އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:
އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން
އެޖެންޑާ އައިޓަމް 2: ޗެއަރމަން، މިސްޓަރ ޑޭމިއަން ޕިލިޕް ޗެޕެލް ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 3: 3 މާރިޗު 2019 ވީ އާދީއްތަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
އެޖެންޑާ އައިޓަމް 4: 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
އެޖެންޑާ އައިޓަމް 5: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާން ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 6: 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
އެޖެންޑާ އައިޓަމް 7: 2019 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން
އެޖެންޑާ އައިޓަމް 8: 2020 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން
އެޖެންޑާ އައިޓަމް 9: 2019 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން
އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން
ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަކީ:
(ހ) އިބްރާހީމް ފިރުޝާން
(ށ) ޢާއިޝަތު ޙުސައިން މަނިކު
(ނ) އިބްރާހީމް ޝަރީފް މުޙައްމަދު
(ރ) ފަރީޙާ ޝަރީފު
އެޖެންޑާ އައިޓަމް 11: ހިއްސާދާރުންގެ މަޝްވަރާކުރުން
އެޖެންޑާ އައިޓަމް 12: ޖަލްސާ ނިންމުން
އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި ދެންނެވުނު ފޯމުތައް ފުރުއްވުމަށްފަހު ހުށަހަޅުއްވާނީ 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވުން އެދެމެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބިވައިޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް މާލެއިން ކުރުނބާ މޯލްޑިވްސް އަށް ވަޑައިގަތުމަށް ދަތުރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (2 މާރިޗު 2020 ވާ ހޯމަ ދުވަހު)ގެ ރޭގަނޑު 7:00، 7:15 އަދި 7:30 ގައެވެ. ދަތުރު ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. ދަތުރުފަތުރުގެ އިންތިޒާމަކީ ކުރީންސުރެ ހަމަޖައްސާފައިވާ ކަމެއްކަމުގައިވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދެވެން ދަތިވާނެ ވާހަކަވެސް އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް