ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް، މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލައިފިއެވެ.
އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާކަމަށެވެ. އެއީ މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކަމަށް ބުނެފައިވެއެވެ.
އާޒިމާގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ މައްޗަށްވެސް ދައުވާ އުފުލާފައިވާއިރު ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އަދިދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ހިންގި ތަހުގީގަކަށް ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ދެއްވާފައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް