ހައިވޭގައި ކާރެއް ފެންސް ފަޅާލާފައި ގޮސް މޫދު ތޮށީގައިޖެހި ފުނޑު ފުނޑު

ރޭ ދަންވަރު ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލު ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވަނީ ރޭ 03:05 ހާއިރު ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި ދުއ...

17 Feb 2019 | 03:46

ރޭ ދަންވަރު ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލު ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ 03:05 ހާއިރު ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލު ނުވެގޮސް ހައިވޭގެ އިރުމަތީ ފަޅީގައި ޖަހާފައިހުރި ފެންސް ފަޅާލާފައިގޮސް އެ މަގުގައި ޖަހާފައިހުރި ހޮޅިދަނޑިއެއްގައި ޖެހިފައިގޮސް މޫދު ތޮށީގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކަށް ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި ކާރު ދުއްވަން އިނީ 24 އަހަރުގެ މީހާ ކަމަށާއި އޭނާގެ އަތުގައި ލައިސަންސް އޮތް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ދެމީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. ސީރިޔަސް އަނިޔާތަކެއް ލިބިފައިނުވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްވި ކާރުގެ ފޮޓޯއެއް މީޑިއާތަކާއި ފުލުހުން ހިއްސާކޮށްފައިވާއިރު ކާރު އޮތީ ގާތްގަނޑަކަށް އެކުގައިހެން ފުނޑުފުނޑުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް