ދެވަނަ އެޕިސޯޑް: އެންމެ ފާހަގަވީ އަންމަޑޭގެ "ނޯ" ބުނުމާއި އުނޫޝާގެ "ޔެސް" ބުނުން

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މާލޭ އޮޑިޝަންގެ ދެވަނަ އެޕިސޯޑް ރޭ މިވަނީ ދައްކައިފަ އެވެ. މިއީ އެ އެޕިސޯޑް ބެލުމަށްފަހު ދުވަހުން ލިޔާ މިނިވަން ރިވިއު އެކެވެ. ފުރަތަމަ އެޕިސޯޑްގައި ޖަޖު ޒާރާ ނެގ...

17 Feb 2018 | 09:27

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މާލޭ އޮޑިޝަންގެ ދެވަނަ އެޕިސޯޑް ރޭ މިވަނީ ދައްކައިފަ އެވެ. މިއީ އެ އެޕިސޯޑް ބެލުމަށްފަހު ދުވަހުން ލިޔާ މިނިވަން ރިވިއު އެކެވެ.

ފުރަތަމަ އެޕިސޯޑްގައި ޖަޖު ޒާރާ ނެގިމަޑުވެފައި އިންނަ އިނުން ދެވަނަ އެޕިސޯޑްގައި ނިމުމަކަށް އައިސްފައިވާކަމަށް ބެލެވެ އެވެ. އެޕިސޯޑުގެ ތެރެއިން ޖަޖު ޒާރާގެ ދެ ލަވައެއް ފެނިގެން ދިޔަ އެވެ. އިތުރު ޖަޖުންގެ ބައިވެރިވުމާއިވެސް އެކުގައި އެވެ.

ރޭގެ އެޕިސޯޑުގައި ޖަޖު ޒާރާ އެކޭ އެއްގޮތަށް އެހެން ހުރިހާ ޖަޖުންވެސް ބައިވެރިންނަށް ބުނެދިނުން ގިނަކަން ފާހަގަ ކުރެވުނެވެ. އެންމެ ފާހަގަ ކުރެވުނު ކަމަކީ ޖަޖު އައްމަޑޭގެ "ނޯ" ބުނުމާއި އުނޫޝާގެ "ޔެސް" ބުނުމެވެ. އެހެން ޖަޖުން "ޔެސް" ބުނެފައިވާ ތިން ފަހަރެއްގައި އަންމަޑޭ "ނޯ" ބުނެފައިވާއިރު އެހެން ޖަޖުން "ނޯ" ބުނެފައިވާ ތިން ބައިވެރިއަކަށް ޖަޖު އުނޫޝާ "ޔެސް" ބުންޏެވެ.

30 އަށްވުރެ ގިނަ ބައިވެރިންގެ އޮޑިޝަން ކުރިއަށް ގެންދިޔަ އިރު "ގޯލްޑަން ޓިކެޓް" ލިބުނީ އެންމެ 12 ބައިވެރިންނަށްކަން ފާހަގަ ކޮށްލެވެ އެވެ.

ޝޯގެ ދެ ހޯސްޓުންގެ ފެނިލުން ފުރަތަމަ އެޕިސޯޑަށްވުރެ ގިނަ ކަމުގައި ފާހަގަ ކުރެވުނު އިރު ރޭގެ އެޕިސޯޑްގައި އެއްވެސް ބައިވެރިއަކަށް "ގޯލްޑަން" މައިކް ދީފައެއް ނުވެ އެވެ. އެވަރުގެ ހުށަހެޅުމެއް ހުށަހެޅި ބައިވެރިއަކު ރޭގެ އެޕިސޯޑުގައި ނެތީ ކަމަށް ވެދާނެ އެވެ.

ރޭގެ ޝޯ ނިންމައިލީ މިރޭވެސް އޮޑިޝަންގެ ތިންވަނަ އެޕިސޯޑު އޮންނާނެ ކަމާއި މިއީ މާލޭ އޮޑިޝަން ނިމުން ކަމާއި ދެން އޮންނާނީ އައްޑޫ އޮޑިޝަން ކަމުގައިވެސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް