ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރޭ މެންދަމުން ފެށިގެން ގދ.ރަތަފަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެރަށުގެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދު ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މިގޮތުން އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވާއިރު މި ދެ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުން ކަމަށާއި މީގެ އިތުރުން އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖައްސައިގެން އަންނަނީ މަސައްކަތްކުރަމުން ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް