ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށްފަހު ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކަށް ބަލަ ބަލާ ތިބި ކަމަށް އިންޑިއާއިން ބުނެފި އެވެ.
މިހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަވީޝް ކުމާރެވެ.
އޭނާ ބުނެފައިވަނީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އިންޑިއާއިން ގޮވާލާފައިވާނެ ކަމަށެވެ.
"މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި ދުވަސްކޮޅެއް އެބަ އޮތް، އެއަށްފަހު ދިވެހި ސަރުކާރުން އަޅަނީ ކޮންފިޔަވަޅެއްތޯ އިންޑިއާއިން ބަލާނެ" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަވީޝް ބުނެފައި ވެ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ އެރުމާއި ޗައިނާއިން ދެކޮޅު ހަދާފައިވާއިރު އެކަމާއި ބެހޭގޮތުން އިންޑިއާއިން ދެކޭގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ރަވީޝް ބުނެފައިވަނީ އިންޑިއާގެ "ސްޓޭންޑް" ވަރަށް ސާފު ކަމަށެވެ. ނަމަވެސް އެ "ސްޓޭންޑް" ގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް