ކަނޑުހުޅުދޫ މެޖިސްޓްރޭޓް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ...

17 Jan 2020 | 18:47

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހަސަންއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އެކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުން އަންނަނީ މެޖިސްޓްރޭޓް ހަސަން ދީދީ އެރަށު ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާއި ގުޅިގެން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަ ބަލަމުން އަންނަ އިރު އެ ރަށުގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ތިން ބަފައިން ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް