ހަމަނުޖެހުން ހިނގާ، ފުލުހެއްގެ ބޯ ފަޅާލައިިފި

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ފިލަން ވަތް ގެ ކައިރިއަށް އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކެއްގައި ފުލުހެއްގެ ބޯ ފަޅާލައިފިއެވެ. ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ...

17 Jan 2020 | 15:26

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ފިލަން ވަތް ގެ ކައިރިއަށް އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކެއްގައި ފުލުހެއްގެ ބޯ ފަޅާލައިފިއެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ކުއްޖާގެ ބައްޕަ 108 ނަންބަރު ފުލެޓުގައި ފިލާ އޮތްކަމުގެ މައުލޫމާތު ލިބިގެން މިއަދު މެންދުރުން ފެށިގެން އާންމުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

އެ މީހުން ވަނީ އެ ފްލެޓްގެ ބައެއް ބިއްލޫރި ދޮރުތަކަށް ގައު އުކާ ހަލާކުވެސް ކޮށްލާފައެވެ.

އެ އެއްވުމުގައި ބައިވެރިވި މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ، އެ ފްލެޓް ދޮށަށް އެއްވެ ތިބި މީހުން ވަނީ އެ ފިރެހެން މީހާ އުޅޭ ގޭ ދޮރުވެސް ވައްޓާލާފައި ކަަމަށެވެ.

އެތަނަށް އެއްވެ ތިބި މީހުން ހަމަނުޖެހުން ހިންގިމުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަރ ސްޕްރޭ ޖެހި ކަމަށްވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

އަދި އެކަކު އެއްލި ގައު ބުރިއަކުން ޖެހި ފުލުހަކަށް އަނިޔާވެފައިވާތީ އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވެ އަޑުގަދަ ކުރަމުންދާއިރު، ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް