އުމުރުން އެންމެ ދެ އަހަރުގެ ކުޑަ އަންހެންކުއްޖާ ރޭޕް ކުރި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަ މިއަދު ހައްޔަރުކޮށް ދެކުނުގެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް މިހާރު ގެންގޮސްފައިވާއިރު އެ ރަށުގައިވެސް މިކަމާއި ދެކޮޅަށް އަޑު އުފުލަމުން އެބަގެންދެއެވެ.
އެ ރަށުގައި އަޑު އުފުލަމުން ގެންދަނީ ޕޮލިސް ސްޓޭޝަން ބޭރުގައެވެ. ރައްޔިތުން އެއްވެ ތިބި އިރު އެ ރަށުގެ ރައްޔިތުން އަންނަނީ އެ އަނިޔާވެރި އަމަލާއި ދެކޮޅަށް އަޑު އުފުލައި އެމީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.
އެ ރަށުގެ ރައްޔިތުން އަޑު އުފުލަމުން އަންނައިރު މިހާރުވެސް މާލޭގައި މިކަމާއި ގުޅޭ އިހުތިޖާޖެއް ކުރިއަށް އެބަ ގެންދެއެވެ. އަދި އެ ކުއްޖާގެ ބައްޕަ ހުޅުމާލޭ ގެއެއްގައި ހުރި އިރު އެ ގޭގެ ބޭރުގައިވެސް ރައްޔިތުން އަންނަނީ އިހްތިޖާޖު ކޮށް އޭނާ އެ ގެއިން ބޭރު ކުރުމަށް ގޮވަމުންނެވެ.
މިކަން ފެންމަތިވެގެން އެންމެ ފުރަތަމަ ގޮސްފައިވަނީ ދެކުނުގެ ރަށެއްގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކައެވެ. ފަހުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރޭޕު ކޮށްފައެވެ. އެކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ މިހާރު ހައްޔަރުކޮށްފައިވާއިރު އެ ކުއްޖާގެ ބައްޕަވެސް އެ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް