ވިސާއާއި ނުލާ ދިވެހިންނަށް ޔޫރަޕަށް ދެވޭ ގޮތް ހެދުމަށް ހަންގޭރީން ތާއިދު ކޮށްފި

ދިވެހިންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަންގޭރީން ތާއީދުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީ އިން ބުނީ، ދިވެހި...

17 Jan 2020 | 12:48

ދިވެހިންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަންގޭރީން ތާއީދުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީ އިން ބުނީ، ދިވެހިންނަށް ވިސާއާ ނުލައި ޔޫރަޕަށް އެތެރެވުމަށް ތާޢީދުކުރާކަމަށް ހަންގޭރީގެ ހާރިޖީ ވަޒީރު ޕީޓަރ ޒިޖާރޓޯ ރާއްޖޭގެ ހާރީޖީ ވަޒީރު އަބްދުﷲ ޝާހިދަށް ދަންނަވާފައިވާ ކަމަށެވެ.

ހަންގޭރީގެ ހާރިޖީ ވަޒީރު މިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގައި އިންޑިއާގެ ދިއްލީގައި އޮތް ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދުއާއި ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ހަންގޭރީގެ ޚާރިޖީ ވަޒީރާއިއެކު ބޭއްވި މަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުކުރި ފްރޭމްވަރކްގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އެކަމަށް އެބޭފުޅާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެމުން ބުނީ، އެ ބައްދަލުވުމުގައި ދެ ބޭފުޅުން މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ހަންގޭރީއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނުތާ މިއަހަރަށް 45 އަހަރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް