ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންެހެން ކުއްޖާ ރޭޕްކުރި މައްސަލައާއި ގުޅިގެން ފުލުހުން ދެވަނަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން ފުލުހުން ބުނީ، އެކުއްޖާއާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ ދެވަނަ މީހާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހައްޔަރުކުރި ދެވަނަ މީހާގެ އުމުރަކީ 81 އަހަރެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 15:25 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، 2 އަހަރުގެ އަންހެން ކުއްޖާއަށް ތިން މީހަކު ޖިންސީ ގޯނާ ކުރި ކަމަށެވެ. ފުލުހުން މިއަދު މެންދުރު އެމައްސަލައިގަ 62އަހަރުގެ ފިރެހެއް ވެސް ހައްޔަރުކޮށްފައެވެ.
އެކުޑަ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް