ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް

ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ނޫސްބަޔ...

17 Jan 2020 | 10:51

ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެކުނު ރަށަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކު މިހާތަނަށް ކުރެވުނު މަސައްކަތުން އެއީ ޖިންސީ އަނިޔާގެ މައްސަލައެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުއްޖާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އެކު، އެ ކުއްޖާ އާއިލާއާ ވަކިކޮށް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުއްޖާއަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމް

ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް