ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންެހެން ކުއްޖާ ރޭޕްކުރި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
އެ ހާދިސާއާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، 2 އަހަރުގެ އަންހެން ކުއްޖާއަށް ތިން މީހަކު ޖިންސީ ގޯނާ ކުރި ކަމަށެވެ.
މީގެ އިތުރުން އެމައްސަލައިގަ އެކުއްޖާއަށް ބެހުނު ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ތެރެއިން 62 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ައޭނާ ހައްޔަރު ކުރީ މިއަދު މެންދުރު ފަހު 3:03 ގައި ކަމަށް ފުލުހުން ބުންޏެވެ.
އެކުޑަ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް