އޮންލައިންކޮށް ޕާސްޕޯޓު ހިދުމަތަށް އެދެވޭގޮތް ހަމަޖައްސައިފި

މިއަންނަ ހަފްތާއިން ފެށިގެން އީމޭލް މެދުވެރިކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދޭ ގޮތް ހަމަޖައްސަވައިފިއެވެ. މިއަދު އިމިގްރޭޝަންގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭ...

17 Jan 2019 | 09:55

މިއަންނަ ހަފްތާއިން ފެށިގެން އީމޭލް މެދުވެރިކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދޭ ގޮތް ހަމަޖައްސަވައިފިއެވެ.

މިއަދު އިމިގްރޭޝަންގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރީން އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތްތަކަށް އެދޭތަށް އޮންލައިން ޕޯޓަލް އެއް ތައާރަފްކުރެވޭނެ ކަމަށާއި، ކުރިއަށްއޮތް ދެ އަހަރު ތެރޭ އަތޮޅު ކައުންސިލް ތަކަށް ޕާސްޕޯޓުގެ ހިދްމަތް ފުޅާކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިހާރު ބިޒްނަސް ވިސާ ވެސް 48 ގަޑިއިރު ތެރޭ އެޕްރޫވް ކުރެވޭނެ ކަމަށާއި، ހިދުމަތް ހޯދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަށް އިޖާބަ ދިނުމުގެ ގޮތުން އީމޭލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއްގެ މަސައްކަތް މިހާރު ހަމަޖައްސަވާފައިވާ ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ގިނަ ބޭނުންތައް ކުރެވޭގޮތަށް ރާއްޖޭގައި ތައާރަފްކުރި ޕާސްޕޯޓްކާޑާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ ކާޑުގެ އަދި ގިނަ ކަންކަން ހުރީ ނުނިމި ކަމަށާއި ނަމަވެސް ކާޑު އޮތަސް ގައުމުތަކަށް ދަތުރުކުރާއިރު މިހާރެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް