ސިޔާސީ ދާއިރާއަށް ނިކުންނަ އަންހެނުންނަށް ގޮންޖެހުން އެބަހުރި: ސިދާތާ

ސިޔާސީ ދާއިރާއަށް ނިކުމެ ހަރަކާތްތެރިވަމުންދާ، އަދި އެ ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެން ބޭފުޅުންނަށް އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށް ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވިދާޅުވެއ...

17 Jan 2019 | 08:00

ސިޔާސީ ދާއިރާއަށް ނިކުމެ ހަރަކާތްތެރިވަމުންދާ، އަދި އެ ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެން ބޭފުޅުންނަށް އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށް ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ ސިދާތާ މިހެން ވިދާޅުވެފައިވަނީ މޭލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިންވަނަ ދައުރުގެ އިނތިހާބީ މެމްބަރުންގެ އިގްރާރުގައި ސޮއި ކުރުމަށް ރޭ ރަސްރަނީ ބަގީޗާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އިންތިހާބުތަކުގައި އަންހެނުން ވާދަ ކުރަން ގޮންޖެހުންތައް ނެތް ކަަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އަންހެނަކަށް ވުމުން އިންތިހާބުތަކުގައި ވާދަ ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އިގްތިސޯދީ އަދި މުދަލުގެ އޯނާޝިޕްގެ ގޮތުންވެސް އަންހެނުންގެ ހިއްސާ ކުޑަ ކަމަށް ސިދާތާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް