މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅިވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ ދެ މައްސަލަވެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެ އެމްވީ" އިން ބުނެފައިވާ ގޮތުގައި ވިޝާމާ މަރުވެފައިވަނީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެންނެވެ. އެހެންނަމަވެސް އޭނާގެ އާއިލާ އިން ބައެއް މީޑިއާތަކުގައި މީގެ ކުރިން ބުނީ ވިޝާމާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހުވެސް މާލެއިން ވަނީ ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައެވެ. މ.ރަމާގްލްޝަން ގެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް