މާލޭ މަގެއްގެ މަތިން ސްކޫލު ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ލިލީމަގުގައި އެ ކުއްޖާ ޒަހަމުކޮށްލާފައިވަނީ 12:55 ހާއިރު ކަމަށާއި އެ ކުއްޖާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްކޮށްލާފައިވަނީ ދަރުމަވަންތަ ސްކޫލުގެ ކުއްޖެކެވެ.
ތޫނު އެއްޗަކުން ހަމަލާދީ، މަގުމަތިން ސްކޫލު ކުއްޖަކު މިއަދު ޒަހަމްކޮށްލާފައިވާއިރު އިއްޔެ ތާޖުއްދީން ސްކޫލަށް ދެމީހަކު ވަދެ، އެ ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކު ވަނީ ޒަހަމް ކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް