ކުކުޅުބިސް އިމްޕޯޓް ކޮށް ވިއްކާއިރު ވިއްކަން ބަހައްޓާނެ މިންގަނޑުތަކެއް ހެލްތު މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 15 ޖަނަވަރީ 2018 އިން ފެށިގެން ކުކުޅުބިސް އިންޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ތިރީގައިވާ މިންގަނޑުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށް ކަމަށެވެ.
- ޓްރީމަންޓެއް ނުދީ ފިނި ނުކޮށް ކުކުޅުބިސް ބަހައްޓާންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ.
- ފިނިކޮށް (C°5 އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ދިގުވެގެން 03 މަސްދުވަހުގެ މުއްދަތަށެވެ. މިގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުޚަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެއެވެ.
- ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިންޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާ ކަމެއް ބަޔާންކުރާ އުފެއްދި ޤައުމުގެ (ކަންޓްރީ އޮފް އޮރިޖިން) ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.
މީގެއިތުރުން ރާއްޖެއަށް އިންޕޯޓުކުރާ ބިހާ ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުން ކަމުގައި އެއިއުލާނުގައި ބުނެފައި ވެ އެވެ.
"ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ޤައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ވެސް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއިބިހުގެ ބާވަތްތައް ހުންނަންވާނީ މި އޮތޯރިޓީގެ މިންގަޑު " ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަޑު " (MFDA-FCD STAN 4-2014(Rev. 1- 2016 އާއި އެއްގޮތަށް ލޭބަލް ކުރެވިފައެވެ." ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚް ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމުގައި ވެސް އާއްމުކޮށް އަންގާ އިއުލާނު ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް