ދެ އަހަރު ތެރޭގައި ރޮހިންގާ މުސްލިމުން މިޔަންމާއަށް ފޮނުވައިދިނުމަށް ބަންގްލަދޭޝް އިން އެއްބަސްވެއްޖެ

މިޔަންމާގެ ސަރުކާރާއި ބުދިސްޓުންގެ ލާއިންސާނީ އަމަލުތަކަށް ކެތް ނުކުރެވިގެން މިދިޔަ އަހަރު ބަންގްލަދޭޝް އަށް ހިޖުރަ ކުރި އެތައް ލައްކަ މުސްލިމުންނެއް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ...

17 Jan 2018 | 01:24

މިޔަންމާގެ ސަރުކާރާއި ބުދިސްޓުންގެ ލާއިންސާނީ އަމަލުތަކަށް ކެތް ނުކުރެވިގެން މިދިޔަ އަހަރު ބަންގްލަދޭޝް އަށް ހިޖުރަ ކުރި އެތައް ލައްކަ މުސްލިމުންނެއް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ މިޔަންމާއަށް ފޮނުވައިދޭނެ ކަމުގައި ބަންގްލަދޭޝް އިން ބުނެފި އެވެ.

ބަންގްލަދޭޝް އިން މިހެން ބުނެފައިވަނި މި މައްސަލައިގާ މިދިޔަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ބައްދދަލުވުމަކަށް ފަހުގައި އެވެ.

އެ ބައްދަލުވުމަށްފަހު ބަންގްލަދޭޝް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވުމުގެ ކަންތައް ކުރިއަށްދާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން އާއިލާތައް އެކުގައި ފޮނުވުމަށާއި އެމީހުން ދާއިރު މިޔަންމާގައި ވަގުތީ ހިޔާ ގާއިމްވެފައި ހުރުން މިޔަންމާގެ މައްޗަށް، އެ އެއްބަސްވުމުގެ ދަށުން ލާޒިމް ކުރާއިރު އެކަންކަން ނުކުރާނަމަ ނުފޮނުވާނެ ކަމަށް ބުނެފައި ވެ އެވެ.

މި ބައްދަލުވުމަށްފަހު މިޔަންމާއިން ވަކި އެއްޗެއް އަދި ބުނެފައް ނުވެ އެވެ. ނަމަވެސް އަލުން އަނބުރާ އެ ގައުމަށް ދާ މުސްލިމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް މިޔަންމާގެ ސަރުކާރުން ކުރިން ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް