ޒައިނަބްގެ މަރުގެ މައްސަލައިގެ ތަހުގީގު ފުޅާކުރަން ނިންމައިފި

ޕާކިސްތާނުގައި ރަހީނުކޮށް، ރޭޕް ކުރުމަށްފަހު މަރާލައި، ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު، އުމުރުން 08 އަހަރުގެ ޒައިނަބް އަންސާރީގެ މަރުގެ މައްސަލަ އިތުރަށް ފުޅާކުރަން، މި ތަހުގީގަށް އެކުލަވާލާފ...

17 Jan 2018 | 01:03

ޕާކިސްތާނުގައި ރަހީނުކޮށް، ރޭޕް ކުރުމަށްފަހު މަރާލައި، ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު، އުމުރުން 08 އަހަރުގެ ޒައިނަބް އަންސާރީގެ މަރުގެ މައްސަލަ އިތުރަށް ފުޅާކުރަން، މި ތަހުގީގަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން ނިންމައިފި އެވެ.

އެ ޓީމުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ތަހުގީގު ހިންގާފައިވަނީ ޒައިނަބްގެ ގެ ހިމެނޭ ކޯސަރު ޑިސްޓްރިކްޓްގެ ދެ ކިލޯމީޓަރު ރޭޑިއަސް އަށް އަމާޒު ކޮށްގެންނެވެ. ނަމަވެސް މި ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ، މި ރޭޑިއަސް ތިން ކިލޯމީޓަރަށް ފުޅާ ކުރުމަށް އެ ޓީމުން މިހާރު ވަނީ ނިންމާފަ އެވެ.

އެ ޓީމުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި މައްސަލައިގެ ތަހުގީގުގައި ޑީއެންއޭ ޓެސްޓް ކުރުމަށް 300 އަށްވުރެ ގިނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެ އެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް