ޒަމާނުއްސުރެ އިންޑިއާގެ ހައްޖުވެރިންނަށް ދެމުން ގެންދިޔަ "އެއަރފެއަރ" ސަބްސިޑީ ކަނޑާލުމަށް މޯދީގެ ސަރުކާރުން ނިންމައިފި އެވެ.
މި ސަބްސިޑީއަޚި 1950 ގައި އޭރު ވެރިކަމުގައި އޮތް ކޮންގްރެސް ޕާޓީން ދޭން ފެށި ސަބްސިޑީ އެކެވެ. މި ސަބްސިޑީ ކަނޑާލަން ނިންމައި މޯދީގެ ސަރުކާރުން ބުނެފައިވަނީ އެ އަމަލަކީ މުސްލިމުންގެ ވޯޓު ހޯދުމަށް ކޮންގްރެސް ޕާޓީން ކޮށްފައިވާ ކަމެއް ކަމަށެވެ.
އިންޑިއާގެ 1.5 ބިލިއަން އާބާދީގެ ތެރެއިން 14 އިންސައްތަ އަކީ މުސްލިމުން ކަމުގައިވާއިރު ކޮންމެ އަހަރަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އިންޑިއާއިން އެއް ލައްކައަށްވުރެ ގިނަ މީހުން ހައްޖަށް ދެ އެވެ. އަދި މި އަހަރު އިންޑިއާއިން އެއް ލައްކަ ހަތްދިހަ ފަސްހާސް މީހުން ހައްޖަށް ދާނެ ކަމަށް ބެލެވެ އެވެ.
ހައްޖުވެރިންގެ ސަބްސިޑީ ކަނޑާލަން މޯދީގެ ސަރުކާރުން ނިންމާފައިވާއިރު ކޮން އަހަރަކު ހިންދޫންނަށް ކުރިއަށްގެންދާ ފެސްޓިވަލްތަކަށް މޯދީގެ ސަރުކާރުން މިލިޔަނުން ހަރަދު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް