މީގެ ދެ އަހަރު ކުރިން، ސައުދީ އަރަބިއްޔާގެ ރިޔާދުގައި އާއިލާއެއްގެ އެންމެހާ މެމްބަރުން މަރާލުމަށްފަހު ފިލައިގެން އުޅުނު އެއްމާބަނޑު ދެބެންގެ ޝަރީއަތް ފަށާފައިވާއިރު އާއިލާގެ އެންމެން މަރާލަން ޖެހުނީ، އެމީހުން ދީން ގަބޫލު ނުކުރާތީ ކަމުގައި މި ދެބެން ބުނެފި އެވެ.
މަރާލި، އާއިލާ މެމްބަރުންގެ ތެރޭގައި އެ ދެބެންގެ މަންމަ، ދެބެންގެ ބައްޕަ، އަދި ދެބެންގެ އެއްބަނޑު އެއްބަފާ ބޭބެ ހިމެނެ އެވެ.
ދެބެންގެ މަންމަ މަރާލާފައި އޮތީ ވަޅިން، ގިނަ ހަމަލާތަކެއް ދީގެންނެވެ. ބައްޕަ މަރާލާފައި އޮތީވެސް ހަމަލާތަކެއް ދީގެންނެވެ. އަދި ބޭބެ މަރާލާފައި އޮތީ މަސްކަނޑަން ގެންގުޅޭ ވައްތަރުގެ ވަޅިއެއް ބޭނުން ކޮށްގެންނެވެ.
މި ދެބެން ހައްޔަރުކޮށްފައިވަނީ އާއިލާގެ އެންމެން މަރާލުމަށްފަހު ދެ ކާރެއް ވަގަށް ނަގައިގެން ފިލަން ދަނިކޮށެވެ. މި ދެބެންގެ ޝަރީއަތް ނިމިދިޔަ ހަފްތާގައި ފަށާފައިވާއިރު މި ދެބެންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް