މޮރޮކޯ މަޖިލިސް މެމްބަރަކު މަރާލި މައްސަލައިގާ އަނބިގޮއްޔެ ޖަލަށް، ގާތިލަށް މަރުގެ ހުކުމް

މިދިޔަ އަހަރުގެ މާރިޗް މަހު، ބަޑީގެ ހަމަލާއެއްދީ މަރާލާފައިވާ މޮރޮކޯގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަބްދުއްލަތީފް މަރުދާސްގެ މަރުގެ މައްސަލައިގާ އޭނާގެ އަންހެނުން އޮފާއޭ ބެންސަމަޑީ އަށް އުމުރު ދުވ...

16 Jan 2018 | 23:54

މިދިޔަ އަހަރުގެ މާރިޗް މަހު، ބަޑީގެ ހަމަލާއެއްދީ މަރާލާފައިވާ މޮރޮކޯގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަބްދުއްލަތީފް މަރުދާސްގެ މަރުގެ މައްސަލައިގާ އޭނާގެ އަންހެނުން އޮފާއޭ ބެންސަމަޑީ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައި، މެމްބަރު މަރާލި މީހާއަށް މަރުގެ ހުކުމް އިއްވައިފި އެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު ފުލުހުން ބުނެފައިވަނީ މަޖިލިސް މެމްބަރުގެ މަރަކީ ސިޔާސީ އެއްވެސް ކަމެއް އޭގައި އެކުލެވޭ ކަމެއް ނޫން ކަމަށެވެ. އަދި މެމްބަރު މަރާލި މީހާ އާއި މެމްބަރުގެ އަނބިމީހާ ދިޔައީ ނާޖާއިޒް ގުޅުންތަކެއް ހިންގަމުން ކަމަށާއި މެމްބަރު މަރާލީ އެ ގުޅުން އިތުރަށް ކުރިއަށްގެންދިއުމުގެ ނިޔަތުގައިކަން ތަހުގީގަށް އެނގިފައިވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

މޮރޮކޯއަކީ މަރުގެ ހުކުމް ތަންފީޒުކުރާ ގައުމެއް ނަމަވެސް 1993 އިން ފެށިގެން އެ ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް