ފިލައިގެން އުޅުނު ސައުދީ ޓެރަރިސްޓަކު މަރާލައިފި

ފިލައިގެން އުޅުނު ސައުދީ ޓެރަރިސްޓެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވާކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ. ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި އަބްދުﷲ ބިން މިރްޒާ-އަލް-ގަލަ...

16 Jan 2018 | 23:41

ފިލައިގެން އުޅުނު ސައުދީ ޓެރަރިސްޓެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވާކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ.

ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި އަބްދުﷲ ބިން މިރްޒާ-އަލް-ގަލަފް ނަމަކަށް ކިޔާ މިމީހާ އަކީ ޓެރަރިޒަމްގެ އެތައް އަމަލެއްގައި ބައިވެރިވުމަށްފަހު ފިލައިގެން އުޅުނު މީހެކެވެ.

އޭނާ ހޯދިފައިވަނީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައި، ރަޖިސްޓްރީ ކޮށްފައިނުވާ ކާރެއްގައި އުޅެނިކޮށް ކަމަށާއި، އަމާން ދިނުމަށް އެންގުމުން އޭނާ ވަނީ އިސްވެ ފުލުހުންނަނަށް ހަމަލާ ދީފައިކަމުގައި ސައުދީ ފުލުހުން ބުނެފައި ވެ އެވެ.

އަދި އޭނާ މަރުވީ ފުލުހުން ރައްދުގައި ދިން ހަމަލާފައި ކަމުގައިވެސް ސައުދީ ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް