އދ ގެ ގޮތްޕެއް ކަމުގައިވާ ޔޫއެންއާރުޑަބްލިއުއޭ މެދުވެރިކޮށް ފަލަސްތީނަށް 60 މިލިޔަން ޑޮލަރު ދޭން ނިންމައި، 65 މިލިޔަން ޑޮލަރު ދިނުން ފަސްކޮށްލަން ނިންމައިފި އެވެ.
އެމެރިކާއިން މި ނިންމުން ނިންމާފައިވާއިރު މިއީ އެހީގެ އަދަދެއް ހިފަހައްޓަން އެމެރިކާއިން މި ފަހުން ނިންމި ފުރަތަމަ ފަހަރެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ އެމެރިކާއިން ޔޫއެންއާރުޑަބްލިއުއޭ އަށް ދޭ އެހީއާއި ނުލާ ފަލަސްތީނަށް އެހީވުމަކީ އެ ޖަމާއަތަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި 65 މިލިޔަން ޑޮލަރު ދިނުން ލަސްކޮށްލަން ނިންމީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ފަހުން އެ އަދަދު ދޭ ގޮތަށް ކަމަށެވެ.
އެމެރިކާއިން ދޭ އެހީއިން ބޮޑުބައެއް މިގޮތަށް މެދުކަނޑާލަން ނިންމި ނިންމުން ކުށްވެރިކުރާ ފަރާތްތަކުން ބުނަނީ މިއީވެސް އެމެރިކާއިން އިޒްރޭލަށް ބާރު ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ހުރިހާ އެހީއެއްވެސް ކަނޑާލަފާނެ ކަމުގައި ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް