ސްވިޒަލެންޑްގެ ރައްޔިތަކު، އާއްމު ތަނެއްގައި އޭނާގެ ރަހުމަތްތެރިއަކު ފެނުމުން "ﷲ އަކްބަރު" އޭ ބުނުމުން 170 ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.
ޖޫރިމަނާ ކޮށްފައިވަނީ އުމުރރުން 22 އަހަރުގެ އޯހާން ނަމަކަށް ކިޔާ ޒުވާނެކެވެ.
ސްވިސް ފުލުހުން ބުނެފައިވަނީ އޭނާ ހުއްޓުވާ ޖޫރިމަނާ ކުރަން މަޖުބޫރުވީ އެއީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ސިގްނަލަކަށް ވެދާނެތީ ކަމަށެވެވެ.
އޯހާން ބުނެފައިވަނީ އެ ފައިސާ ނުދައްކައިފިނަމަ ޖަލަށް ލާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށާއި އޭނާ އަކީވެސް އެ ގައުމަށް އުފަން ރައްޔިތެއް ކަމުގައިވާއިރު އަދި އެފަދަ ކަމަކާއި ދިމާވެފައި ނުވާކަމަށެވެ.
ފުލުހުންގެ އަމަލު ދިފާއުކޮށް ފުލުހުން ބުނެފައިވަނީ އޯހާން އެ ބުނި ބަހުގެ ސަބަބުން އާއްމުން ބިރުގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ ބަހަކީ މީގެ ކުރިން ޓެރަރިސްޓް ހަމަލާތައް ދިނުމުގެ ކުރިން ބޭނުންކުރަމުން ގޮސްފައިވާ ބަހެއް ކަމުގައިވާތީ ކަމުގައިވެސް ސްވިސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް