ހދ. ހަނިމާދޫގައި މި ހަފްތާގައި ނެގި ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ނެގެޓިވް ވެއްޖެ އެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ މިމަހުގެ12 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް 102 ސާމްޕަލް ނެގިކަމަށެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ކަމަށް މައުލޫމާތުދެ އެވެ.
މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 59 ފަރާތެއް އެބަތިއްބެވެ.
އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ.
ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް