ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ 2 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރާއްޖެ ޓީވީ ހިންގި އިމާރާތަށް ބަޔަކު ވަދެ، އެތަން ރޯކޮށްލުމުން އެ...

16 Dec 2021 | 17:23

ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ 2 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރާއްޖެ ޓީވީ ހިންގި އިމާރާތަށް ބަޔަކު ވަދެ، އެތަން ރޯކޮށްލުމުން އެ ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދާ ހުލިވެފައެވެ. އެ މައްސަލައިގައި ދަޢުލަތުން ޓެރަރިޒަމްގެ ދަޢުވާ ކުރީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީީ އެ ދައުވާއަށް މީއާދު އިންކާރު ކުރިޔަސް، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމުގައެވެ.

މިގޮތުން ހާދިސާ ހިނގި ރޭ އިތުރު ބަޔަކާ އެކު މީއާދު އެ އިމާރާތަށް ވަން ކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި، އަދިި އެ ހާދިސާ ހިނގިފަހުން އެ ސަަރަހައްދުން ފެނުނު އަންގިއަކުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމުގައެވެ.

މީގެ އިތުރުން، އަލިފާނުގެ އަސަރު ކުރުމުން ފެންނާނެ ފަދަ ލަކުނުތަކެއް އޭނާގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން، އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ 2 އަހަރަށް ޖަަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އޭނާ އެ މައްސަލާގައި 63 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުން އެ ބައި އުނިކުރަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް