އެމްއޭސީއެލްގެ ބޯޑަށް ގާސިމްގެ ދަރިފުޅު ސިޔާދު އައްޔަން ކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިފުޅު އިބްރާހިމް ސިޔާދު ގާސިމް އައްޔަން ކޮށްފި އެވެ. މިކަން ޕްރައިވަޓައިޒޭޝަން...

16 Dec 2021 | 16:45

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިފުޅު އިބްރާހިމް ސިޔާދު ގާސިމް އައްޔަން ކޮށްފި އެވެ.

މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އާސިމް މުހައްމަދު ވަނީ މީޑީއާގައި ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ސިޔާދު ހަމަޖެއްސެވީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގަ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ހަ މެންބަރުން ތިއްބެވި އެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިން ހިމެނެ އެވެ.

އެ ކުންފުނީގެ ޗެއާމަނަކީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އެކުންފުނީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް