ޕާކިން ސްލޮޓްތަކުގެ ގުރު ނެގުން އަލުން ބާއްވަނީ

މާލޭ ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ޕާކިން ސްލޮޓްތަކަށް މީހުން ހޮވުމަށް އަލުން ގުރު ނެގުމަށް ނިންމައިފި އެވެ. އަލުން ގުރު ނަގަން ނިންމާފައި މިވަނީ ކުރިން ނެގި ގުރު ނެގުން ބާތިލް ކޮށް އަލު...

16 Dec 2021 | 16:32

މާލޭ ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ޕާކިން ސްލޮޓްތަކަށް މީހުން ހޮވުމަށް އަލުން ގުރު ނެގުމަށް ނިންމައިފި އެވެ.

އަލުން ގުރު ނަގަން ނިންމާފައި މިވަނީ ކުރިން ނެގި ގުރު ނެގުން ބާތިލް ކޮށް އަލުން އެ މަސައްކަތް ކުރުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށެވެ. އެގޮތަށް އެންގީ ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އެވެ.

ސިޓީ ކައުންސިލުން ބުނީ އަލުން ގުރު ނެގުން ބާއްވަނީ އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވި ހުރުމުން ކަމަށެވެ. ގުރުއަތުލުން އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށާއި ގުރުއަތުލުން ދެން ބާއްވާނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހުގައި ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެ އެވެ.

ގުރު ނަގާފައިވަނީ211 ސްލޮޓަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި އެވެ. އެ ސްލޮޓުތަކަށް 969 މީހަކު ކުރިމަތިލާފައިވެ އެވެ.

ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމާފައިވެ އެވެ. މާލޭގެ ދިހަ ސަރަހައްދަކުން ދޫކުރާ މި ޕާކިން ސްލޮޓް ކުއްޔަށް ދޫކުރަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް