މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮތް ދިވެހި ނަރުސް ހައްޔަރުކޮށްފި

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މަރުގެ ތުހުމަތުގައި...

16 Dec 2021 | 14:38

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮަށްފައިވާ އޭނާގެ ފިރިމީހާ 29 އަހަރުގެ މާވިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން 24 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މޭރީގެ މަރުގެ ހާދިސާ ހިނގީ މާވިން އާއި އެ ދިވެހި ނަރުހާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީވެ ދެމަފިރިންގެ މެދުގައި ނުތަނަވަސްކަން އުފެދި މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މާވިންވެސް އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރާއިރު ލޯބިވެރިޔާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދިވެހި ނަރުހެކެވެ.

މާވިން އެ ދިވެހި އަންހެން މީހާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާއަށް ތިލަކުރީ އެމީހުންގެ ގާތް މީހެކެވެ.

އެމީހާ ބުނެފައިވާގޮތުގައި މާވިން ދިވެހި ނަރުހާއި ބާއްވަމުން އަންނަ ގުޅުމަކީ މޭރީއަށް އެނގޭ އަދި އޭނާ އިންތިހާއަށް ހިތާމަ ކުރާ ގުޅުމެކެވެ.

ހޮސްޕިޓަލްގެ އިތުރުން އާންމުތަންތަނުގައިވެސް އެ ދެމީހުން އުޅެނީ ވަރަށް ގައިގޯޅިކޮށް ފާޅުގައި ކަމަށް ވެއެވެ. މޭރީގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ފުލުހުން ވަނީ މީގެ ކުރިން ދިވެހި ނަރުސްގެ ފޯނު ހިފަހައްޓާފައެވެ. އަދި އޭނާ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައިވެއެވެ.

މޭރީގެ މަރުގެ މައްސަަލައިގައި މާވިންއަށް ތުހުމަތުކުރަން ޖެހުނީ ގޭގައި އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު މޭރީ ހޮސްޕިޓަލަށް ގެންދިއުމުން ބެލި ބެލުމުން އަމިއްލަ އަށް މަރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައި ނުވާތީއެވެ. އަދި ފުލުހުން ދިއުމުގެ ކުރިން ދަން ޖެހުނު ކަމަށް ބުނާ ތަން ސާފު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް