ހިއްވަރު ދޭނެ ހެޔޮލަފާ ރަނގަޅު އެކުވެރިޔަކު އެބަހުރިތަ ؟

ހައްގު ގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށް ވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިން...

16 Dec 2021 | 12:34

ހައްގު ގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށް ވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާ އަކީ އޭނާ އާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް އެންމެ އަވަހަށް އެންމެ ފަސޭހައިން ކޮޕީ ކުރާ މީހެކެވެ.

ވީމާ، މީހެއްގެ ގޮތް ބަލަންވެއްޖެނަމަ ފުރަތަމަވެސް ޖެހެނީ އޭނާގެ އެންމެ އެކުވެރިންނަކީ ކޮންކަހަލަ ބަޔެއްތޯ ބަލާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُعَلَىدِينِخَلِيلِهِ ، فَلْيَنْظُرْأَحَدُكُمْمَنْيُخَالِلْ)

މާނައަކީ: “މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.” ރަވާހުލް އިމާމުއް ތިރްމިޛީ-ރަޙިމަހުﷲ.

އިސްލާމްދީން އެދީނުގެ އަހްލުވެރިންނަށް އޯގާތެރިވުމުގެ ގޮތުން، އަދި އެބައިމީހުންގެ ޙާލަތު ރަގަޅު ކުރުމަށް ޓަކައި އެބައިމީހުންގެ ދެދުނިޔޭގެ ބާއްޖެވެރިކަން ލިބޭނޭ ގޮތް ވަނީ ދަސްކޮށް ދެއްވާފައެވެ.

އެގޮތުން ދެއްވާފައިވާ އެންމެ މަތިވެރި އެއް އިރްޝާދަކީ އީމާންކަމުގެ އަހްލުވެރިން ދެކެ ލޯބިވެ، އަދި އީމާންކަމުގެ އަހްލުވެރިންނާއި އެކު އުޅެ، ރަގަޅު ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރުމުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެންމެ ތަގްވާވެރި އެންމެ ޞާލިޙް އިންސާނާ އެވެ.

އެކަލޭގެފާނާއިމުޚާޠަބުކުރައްވާސޫރަތުލްކަހްފުގެ 28 ވަނައާޔަތުގައިމާތްﷲވަޙީކުރައްވާފައިވެއެވެ. (وَاصْبِرْ‌نَفْسَكَمَعَالَّذِينَيَدْعُونَرَ‌بَّهُمبِالْغَدَاةِوَالْعَشِيِّيُرِ‌يدُونَوَجْهَهُۖوَلَاتَعْدُعَيْنَاكَعَنْهُمْتُرِ‌يدُزِينَةَالْحَيَاةِالدُّنْيَاۖوَلَاتُطِعْمَنْأَغْفَلْنَاقَلْبَهُعَنذِكْرِ‌نَاوَاتَّبَعَهَوَاهُوَكَانَأَمْرُ‌هُفُرُ‌طًا﴿٢٨﴾)

މާނައަކީ: ” އަދި އެއުރެންގެ ވެރިރަސްކަލާނގެ وجهފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاءކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفسހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافلކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبعވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”

މި އާޔަތުގައި މިވަނީ ހުރިހާ ވަގުތެއްގައިވެސް ޞާލިޙް މީހުންނާއި އެކު އުޅުމަށް އަމުރު ކުރައްވާފައެވެ. އަދިކިއެއްތަ، މިއަމުރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ގޮތުން އަންގަވާފައިވެއެވެ. (وَلَاتَعْدُعَيْنَاكَعَنْهُمْ) މާނައަކީ: ” ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ!” މިއިން ދޭހަވަނީ ޞާލިޙް މީހުންނާއި އެކު ނުއުޅެވޭނެ އެއްވެސް ވަގުތުކޮޅެއް އައިސްގެން ނުވާނެ ކަމެވެ.

މި އާޔަތް ބާވާލެއްވުމުން އެކަލޭގެފާނަށް އެބަޔަކާ އެކީ އުޅުމަށް އަމުރުވެވިފައިވާ މީހުން ހޯއްދެވުމަށް ރޭގަނޑުގެ ވަގުތެއްގައި ނިކުމެވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ފަގީރު ކަމުން ގޮސް ލާނެ ހެދުމަކަށް އެންމެ ހެދުމެއް އޮންނަ، ހަންގަނޑު ހިކިފައިވާ، އިސްތަށިގަނޑު ހާވާލެވިފައިވާ، ބަޔަކު ﷲ އަށް ޛިކްރު ކުރުމުގައި މަޝްޣޫލުވެ ތިބި ތަނެވެ. މިބައިމީހުން ފެނިވަޑައިގަތް އެމީހުންނާއި އެކު އިށީނދެ ވަޑައިގަތް ޙަދީޘް ކުރެއްވިއެވެ. (الْحَمْدُللَّهِالَّذِيجَعَلَفِيأُمَّتِيمَنْأُمِرْتُأَنْأَصْبِرَنَفْسِيمَعَهُمْ ) މާނައަކީ: “ތިމަންކަލޭގެފާނުގެ ނަފްސު އެބަޔަކާ އެކު ކެތްތެރިވެ ހުރުމަށް އަމުރުވެވިގެންވާ ފަދަ ބަޔަކު މިއުއްމަތުގައި ލެއްވި ކަމަށް ޓަކައި ﷲ އަށް ޙަމްދު ކުރަމެވެ.

قالالنبيصلىاللهعليهوسلم : ( مَثَلُالْجَلِيسِالصَّالِحِوَالسَّوْءِكَحَامِلِالْمِسْكِوَنَافِخِالْكِيرِفَحَامِلُالْمِسْكِإِمَّاأَنْيُحْذِيَكَوَإِمَّاأَنْتَبْتَاعَمِنْهُوَإِمَّاأَنْتَجِدَمِنْهُرِيحًاطَيِّبَةًوَنَافِخُالْكِيرِإِمَّاأَنْيُحْرِقَثِيَابَكَوَإِمَّاأَنْتَجِدَرِيحًاخَبِيثَةً ) أخرجهالبخاري (5534) ومسلم ( 2628 ) عنأبيموسىالأشعريرضياللهعنه

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “ޞާލިޙް ރަގަޅު އެކުވެރިޔަކާއި ނުބައި އެކުވެރިޔެއްގެ މިޘާލަކީ ބޮމަކަސްތޫރި އުފުއްލާ މީހަކާ އަލިފާން އެންދުމަށް އެޔަށް ފުމޭ މީހެއްގެ މިޘާލެވެ. ބޮމަކަސްތޫރު އުފުއްލާ މީހާގެ ކިބައިން ތިބާ އަށް އެތިކޮޅެއް ލިބިދާނެއެވެ. ނުވަތަ އޭނާގެ އަތުން އެގަނެވިދަނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން އެންދުމަށް ފުމޭ މީހާގެ ފަރާތުން ތިބާގެ ހެދުން ރޯވެދާނެއެވެ. ނުވަތަ އޭނާގެ ކިބައިން ދުވާނީ ނުބައިވަހެވެ.” މިއީ އިމާމް ބުޚާރީ އާއި މުސްލިމް އަބޫމޫސަލް އަޝްޢަރީ- ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެކެވެ.

وقالالنبيصلىاللهعليهوسلم : ( لَاتُصَاحِبْإِلَّامُؤْمِنًاوَلَايَأْكُلْطَعَامَكَإِلَّاتَقِيٌّ ) أخرجهأبوداود ( 4832)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “މުއިމިނަކު މެނުވީ ތިބާގެ ޞާޙިބާ ކަމުގައި ނުހަދާށެވެ. އަދި ތަގްވާވެރިޔަކު މެނުވީ ތިބާގެ ކާނާއިން ނުކާ ހުށިކަމެވެ.” ރަވާހު އަލްއިމާމް އަބޫދާވޫދް- ރަޙިމަހުﷲ.

ޞާލިޙް ރަގަޅު ރަޙްމަތްތެރިން އިޚްތިޔާރު ކުރުމުން ލިބޭ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ.

1 .ގިޔާމަތްދުވަހުގެބިރުވެރިކަމުންސަލާމަތްވުން. ސޫރަތުއް ޒުޚްރުފްގެ 67 އިން 68 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْأَخِلَّاءُيَوْمَئِذٍبَعْضُهُمْلِبَعْضٍعَدُوٌّإِلَّاالْمُتَّقِينَ﴿٦٧﴾يَاعِبَادِلَاخَوْفٌعَلَيْكُمُالْيَوْمَوَلَاأَنتُمْتَحْزَنُونَ﴿٦٨﴾ )މާނައަކީ: ” އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمنން ކަމުގައެވެ. تقوىވެރިން މެނުވީއެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

2 . ޞާލިޙް ރަޙްމަތްތެރިން ގެންގުޅޭނަމަ އެމީހުންގެ ހެޔޮ ދުޢާ ތިމާ އަށް ލިބޭނެކަން ކަށަވަރެވެ.

3 . އެކަކު އަނެކަކު ދެކެ ﷲ އަށް ޓަކައި ލޯބިވެއްޖެނަމަ، ﷲ އެބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” ﷲ ތަޢާލާ ގިޔާމަތްދުވަހުން ބަސްވަޙީ ކުރައްވާނެއެވެ. (أَيْنَالْمُتَحَابُّوْنَبِجَلَالِيْ،اَلْيَوْمَأُظِلُّهُمْفِيْظِلِّيْيَوْمَلَاظِلَّإِلَّاظِلِّيْ) މާނައަކީ: “ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ ޖަލާލުވަންތަކަމަށްޓަކައި ލޯބިވީމީހުންކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެންހިޔާވަހި ކަމެއް ނުވާ މިއަދުގައި އެބައިމީހުންނަށް ހިޔާވަހިކަން ދެއްވާނަމެވެ”.

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (سَبْعَةٌيُظِلُّهُمُاللهُفِيْظِلِّهِيَوْمَلَاظِلَّإِلَّاظِلُّهُ”. مِنْهُمْ “…وَرَجُلَانِتَحَابَّافِيْاللهِاجْتَمَعَاعَلَيْهِوَتَفَرَّقَاعَلَيْهِ) މާނައަކީ: “ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްމީހަކަށް ހިޔާވަހިކަން ދެއްވާނަމެވެ. އޭގެ ތެރޭގައި ﷲ އަށް ޓަކައި ލޯބިވެ ގުޅުންބަދަހިކޮށް، އަދި ﷲ އަށް ޓަކައި ވަކިވާ މީހުންވެއެވެ.

4 . ޞާލިޙް ރަޙްމަތްތެރިން އަބަދުވެސް ތިމާ އަށް މަގުދައްކާނީ ހެޔޮކަންތަކަށެވެ.

5 . ހިތާމަތަކާއި ވޭން އުފުލަން ޖެހޭ ވަގުތުގައި ތިމާ އަށް ހެޔޮ މަގު ދައްކައިދޭނެއެވެ.

މަޢުޟޫމާތު: ދިއިސްލާން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް