ސްޕެނިޝް ލީގު: މާސެލޯ އާއި މޮޑްރިޗް ކޮވިޑް-19 އަށް ފައްސިވެއްޖެ

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑް ގެ ދެ ކުޅުންތެރިން ކަމަށްވާ މާސެލޯ އާއި ލުކަ މޮޑްރިޗް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ މުހިންމު ދެ ކުޅު...

16 Dec 2021 | 12:13

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑް ގެ ދެ ކުޅުންތެރިން ކަމަށްވާ މާސެލޯ އާއި ލުކަ މޮޑްރިޗް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށް ވާ މާސެލޯ އާއި ލުކަ މޮޑްރިޗް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި މި ދެކުޅުންތެރިންގެ އިތުރުން ރެއާލްގެ ކޯޗިންގ ސްޓާފުންގެ ޓީމުންވެސް ދެ މެމްބަރަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށެވެ.

މޮޑްރިޗް އާއި މާސެލޯ ކޮވިޑަށް ފައްސިވެ މިހާރު އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކުރަމުން އަންނައިރު މި ދެކުޅުންތެރިންނަށް ދެން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ފަހުންކަމަށް އެ ކުލަބުން ހާމަކުރެއެވެ.

މާސެލޯ އާއި މޮޑްރިޗް ކޮވިޑް އަށް ފައްސިވެފައިވާއިރު، މީގެ ކުރިން ރެއާލްގެ 12 ކުޅުންތެރިއަކު ވަނީ ކޮވިޑް އަށް ފައްސިވެފައެވެ. ނަމަވެސް މި ހުރިހާ ކުޅުންތެރިންވެސް މިހާރުވަނީ ކޮވިޑް ބަލިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް