އޮސްޓްރޭލިއާގައި ބައުންސީ ކާސްލް އެއް ވިއްސައިގެންގޮސް ހަތަރު ކުދިން މަރުވެއްޖެ

އޮސްޓްރޭލިއާގެ ސްކޫލެއްގެ ކުޑަކުދިންގެ ކޭމްޕެއްގައި ބައުންސީ ކާސްލް އެއް ވަޔާ ވިއްސައިގެން ދިޔަ ގަޑީގައި ވެއްޓުނު ހަތަރު ކުދިން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ސްޓޭޓެއް ކަމަށްވާ ތަސްމޭނިއާގައ...

16 Dec 2021 | 12:03

އޮސްޓްރޭލިއާގެ ސްކޫލެއްގެ ކުޑަކުދިންގެ ކޭމްޕެއްގައި ބައުންސީ ކާސްލް އެއް ވަޔާ ވިއްސައިގެން ދިޔަ ގަޑީގައި ވެއްޓުނު ހަތަރު ކުދިން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ސްޓޭޓެއް ކަމަށްވާ ތަސްމޭނިއާގައި އެވެ. މިހާދިސާގައި ގިނަ ކުދިންތަކެއް ޒަހަމްވެފައިވެ އެވެ.

އޮސްޓްރޭލިއާ ފުލުހުން ބުނީ ބައުންސީ ކާސްްލް ވަޔާ ވިއްސައިގެން ދިޔައީ ކުދިން އެއަށް އަރައި ފުމެމުން ދަނިކޮށް ކަމަށެވެ. ވާޖަހައި އައްސާފަ ހުރި އެ ކާސްލް ވިސސައިގެން ދިޔައީ ކުއްލިއަކަށް އައި ބާރު ވައިރޯޅިއަކާއި އެކު ކަމަށްވެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން10-12 އަހަރާއި ދެމެދުގައި ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

މި ހާދިސާ އާއި ގުޅިގެން ބެލެނިވެރިން ބުނީ މިކަމުގައި ސްކޫލްގެ އިހުމާލު އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ ކޮންމެ އަހަރަކުވެސް އަހަރު ނިމުމާއި ދިމާކޮށް ބާއްވަމުން އަންނަ ކޭމްޕެއް ކަމަށާއި މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް