ވަރލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް މިފަހަރުވެސް ދިވެހިރާއްޖެއިން ހޯދައިފި އެވެ.
މި އެވޯޑް މިއަހަރު ރާއްޖެއަށް ލިބުނީ 18 ޤައުމަކާއި ވާދަކޮށްގެން ނެވެ.
މީގެއިތުރުން އިންޑިއަން ލީޑިންގ ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިންގ ޓުއަރިސްޓް ބޯޑުގެ އެވޯޑު ވެސް ވަނީ ރާއްޖެއަށް ލިބިފަ އެވެ.
ހަމަމިއާއެކު ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކަށް ވެސް ވަރލްޑް ޓްރެވަލްސް އެވޯޑްސްގައި ޝަރަފުވެރި އެވޯޑްތަކެއް ލިބިފައި ވެއެވެ.
މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާންކުރީ ވަރޗުއަލްކޮށް ބޭއްވި ވަރލްޑް ޓްރެވަލް އެވޯޑްސް 2021ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް، ވަރލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް މިދިޔަ އަހަރު ވެސް ހޯދީ ރާއްޖެއިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް